އިންޑިއާ - ރާއްޖެ ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ހަރަކާތް ބާއްވައިފި

އިންޑިއާ ހައިކޮމިޝަނުން މިނިސްޓްރީ އޮފް ޓުއަރިޒަމާއި އެމްއެމްޕީއާރްސީއާ ގުޅިގެން ހޮޓެލް ޖެންގައި އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

އިންޑިއާގެ ޓުއާރ އެންޑް ޓްރެވެލް އޭޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރިންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ ވަފުދަކަށް ވަނީ މި ބައްދަލުވުމަށް ދައުވަތު އެރުވިފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ވަފްދު މި ބައްދަލުވުމަށް ފަހު އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ގުޅުވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރާނެއެވެ.

މި ބައްދަލުވުމުގައި ކީނޯޓް ސްޕީކަރ، ޓުއަރިޒްމް މިނިސްޓަރު ޑރ. މައުސޫމްގެ އިތުރުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އަދި އޯޓީއެމްގެ ސީއީއޯ އަދި ޗެއަރމަން، ސަންޖީވް އަގަރްވާލް އަދި އިންޑިގޯ އެެއަރލައިންސްގެ ނައިބު ރައީސް އިޝާން މުނީރް ވާހަކަފުޅު ދެއްކެވިއެވެ.

އިންޑިއާގެ މި ވަފްދުގެ އަމާޒަކީ ރާއްޖޭގެ ޓުއަރިޒަމްގެ، އެންމެ މަތީ ފަންތީގެ އަދި އެމްއައިސީއީ، ގެސްޓްހައުސް އަދި ފިލްމު ޕްރޮޑަކްޝަންއަށް ހާއްސަ ކޮށްގެން އިންޑިއާއާ ފަތުރުވެރިކަމުގެ ގުޅުންބަދަހިކުރުމެވެ. އޯޓީއެމްގެ އޮންލައިން ޕްލެޓްފޯމް ބީ2ބީ ޓްރެވެލް މާޓް އަކީ އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބައިނަލްއަޤްވާމީ ޓްރެވެލް އޭޖެންސީތަށް އަދި ފަތުރުވެރިން ބޭނުންކުރާ މިފަދަ ޕްލެޓްފޯމް އެވެ. މި ބައްދަލުވުމަށް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ޓްރެވެލް ޕާޓްނާޒް އަކީ އިންޑިގޯ އެެއަރލައިންސް އަދި ޓީއެމްއޭއެވެ.

އިންޑިގޯ އަކީ ބަޖެޓް އެއާލައިންސް ތެރެއިން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެއާލައިންއެވެ.އަދި އިންޑިއާގެ ހަ ސިޓީއަކުން މާލެއަށް ހަފްތާއަކު 35 ފްލައިޓް އަޅާ ރާއްޖެއާއި އިންޑިއާ ގުޅާލަދޭ އެންމެ ބޮޑު އެއާލައިންއެވެ.

މީގެ 3 އަހަރު ކުރިން ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ވަނަ ގައުމުގައި އޮތް އިންޑިއާ މިއަދު ވަނީ ލިސްޓްގެ އެއްވަނައިގައެވެ. މިއަދު ރާއްޖެ އަންނަ ކޮންމެ 4 ފަތުރުވެރިއަކުން އެކަކީ އިންޑިއާގެ ފަތުރުވެރިއެކެވެ. 2021 ފުރަތަމަ ނުވަ މަސް ތެރޭގައި 200000 އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2019ގައި ކޮވިޑް ޕެންޑެމިކްގެ ކުރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑު އަދަދެކެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ހަފްތާއަކު 60 ފްލައިޓް ދަތުރުކުރެއެވެ. އެއީ އެއާ އިންޑިއާ ، ގޯފަސްޓް، ސްޕައިސްޖެޓް، ވިސްތާރާ، އަދި މޯލްޑިވިއަން މި ފަސް އެއާލައިންނެވެ. މޯލްޑިވިއަން އެއަރޯ އިން އިންޑިއާގެ ހަތް ސިޓީއަކަށް މާލެއިން ދަތުރުކުރެއެވެ. މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި މާފަރު އަދި މާމިގިލި އެއާޕޯޓުން ވެސް މޯލްޑިވިއަން އަދި ފްލައިމީގެ ދަތުރު އިންޑިއާއަށް ކުރަން ފަށާނެއެވެ

އިންޑިއާ އަދި ދިވެހިރާއްޖޭ އެއާބަބްލް އެއްބަސްވުން އޯގަސްޓް މަހުގައި ގާއިމްކުރެވުނު ހިސާބުން އިންޑިއާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ތިންވަނަ ގައުމަކަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންގެ ޓްރާންސިޓް މަންޒިލަކަށް ރާއްޖޭވުމުގެ ސަބަބުން ކޮވިޑް-19 ޕެންޑެމިކްގައި އެންމެ އަސަރުކުރި ގެސްޓްހައުސް ތަކަށްވެސް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ.

އިންޑިއާ މޯލްޑިވްސް ރައުންޑްޓޭބަލް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ސަބަބުން އިންޑިއާއި ރާއްޖޭގެ ފަތުރުވެރިމުގެ ގުޅުން އިތުރަށް ކުރިއަރާ، ފުޅާވެގެން ދާނެއެވެ. އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުވުމުން ރާއްޖޭގެ އިގްތިސާދް ރަނގަޅުވެ ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެއެވެ

comment ކޮމެންޓް