ބަތަލާ ރިޗާގެ ފޯނުން ޓްވިޓާ ޑިލީޓްކޮށްލައިފި

ބަތަލާ ރިޗާ ޗައްޑާ---

ބޮލީވުޑްގެ ބަތަލާ ރިޗާ ޗައްޑާ ޓްވިޓާ އެޕްލިކޭޝަން އިން ދުރަށް ދިޔަ ކަން ހާމަކޮށްފިއެވެ.

ރިޗާގެ ފޯނުން ޓްވިޓާ ޑިލީޓްކުރުމަށްފަހު އޭނާ ބުނީ ޓްވިޓާ އަކީ ވަރަށް ކަންތައް ބޮޑު އެޕްލިކޭޝަނެއް ކަމަށާއި އެއީ ވަރަށް ޓޮކްސިކް އެޕެއް ކަމަށެވެ. ޓްވިޓާގައި ހިނގާ ކަންތައްތައް ތަހައްމަލެއް ނުކުރެވޭނެ ކަމަށްވެސް ރިޗާ ވަނީ ބުނެފައެވެ.

ބަތަލާ ރިޗާ ފޯނުން ޑިލީޓްކުރުމާއެކު އޭނާގެ ފޭނުން ވަނީ އަލުން އެ އެޕްލިކޭޝަން އެޅުމަށް އެދިފައެވެ. ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރިޗާ ފާހަގަކުރަނީ ވަރަށް ކެރޭ ބަތަލާއެއްގެ ގޮތުގައެވެ. މިނިވަން ހިޔާލު ފާޅުކޮށް ބުނަން ބޭނުންވާ އެއްޗެއް ސީދަލަށް ބުނާ އެކްޓަރެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައި ޓްރޯލްކުރުމާމެދު ދެކެނީ ކިހިނެއްތޯ ބޭރުގެ މީޑިއާއަކުން ރިޗާ އާ ސުވާލުކުރުމުން އޭނާ ބުނީ އެކަންތައްތަކަކީ އޭނާއަށް ހިފެހެއްޓޭނެ ކަންތައްތަކެއް ނޫންކަމަށާއި ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އޭގެން އޭނާ އަށް އެެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

ބަތަލާ ރިޗާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ފުކްރޭ"، "ސެކްޝަން 37"، "ޕަންގާ" އަދި "ރާމް ލީލާ" ހިމެނެއެވެ. އޭނާ ބޮލީވުޑަށް ނުކުތީ 2008 ވަނަ އަހަރު ބަނޭރްޖީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "އޯއޭ ލަކީ ލަކީ އޯއޭ" އިންނެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ސަޕޯޓިން ރޯލެކެވެ.

comment ކޮމެންޓް