ސަލްމާންގެ "އަންތިމް" އަށް ތާރީޚެއް!

ފިލްމުގެ އާ ޕޯސްޓަރު---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "އަންތިމް" އަށް ތާރީޚެެއް ދީފިއެވެ.

"އަންތިމް: ދަ ފައިނަލް ޓްތުރު" އަކީ ސަލްމާން އާ އޭނާގެ ޅިޔަނު އާޔޫޝްމަން ޝަރުމާ ވެސް އެކުގައި ފެނިގެންދާ ފިލްމެކެވެ. ފިލްމުގައި ސަލްމާން ކުޅޭނީ ފުލުސް އޮފިސަރެއްގެ ރޯލެވެ. އަޔޫޝްމަން ކުޅޭނީ ގޭންގްސްޓާރެއްގެ ރޯލެވެ. މި ފިލްމު ތިއޭޓާތަކުގައި ދައްކަން ހަމަޖެހިފައިވާއިރު ފިލްމު ދައްކާނީ އަންނަ މަހުގެ 26 ވަނަ ދުވަހުގައެވެ. ފުލުހެއްގެ މަސައްކަތަށް ހުރަސް އަޅާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމަކީ އެކްޝަން ތްރިލާއެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަހޭޝް މަޖްރޭކަރުއެވެ. ކުރިން މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމި ނަމަވެސް އޭރު މުމްބާއީގެ ސިނަމާތައް ހުޅުވަން ފުރުސަތު ނެތުމާއެކު މި ފިލްމު އޭރު އެޅުވޭގޮތް ނުވީއެވެ. ނަމަވެސް މިހާރު ވަނީ މުމްބާއީގެ ސިނަމާތަށް އަލުން ހުޅުވާފައެވެ. މި ފިލްމުވެގެންދާނީ އަޔޫޝްމަން ކުޅޭ ދެވަނަ ފިލްމަށެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ސަލްމާން ޕްރޮޑިއުސްކޮށް ނެރުނު "ލަވްރާތްރީ" އިންނެވެ. އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. މި ފިލްމަކީ ސަލްމާން ޚާން ފިލްމްސް އިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އަންތިމް އަކީ ސަލްމާން ޕްރޮޑިއުސްކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

comment ކޮމެންޓް