ޓިކެޓު ހުސްވުމުން ރައްޔިތުން ރަތަށް!

ޓިކެޓް ހޯދަން ކިޔޫ ހަދައިފަ -- ސަން ފޮޓޯ: އަހުމަދު އައިމަން

ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަށް ވިއްކާ 3000 ޓިކެޓު ހުސްވެ, އާންމުން އެކަމާ ނުރުހި، ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

ވިއްކަން ހަމަޖެއްސި 3000 ޓިކެޓުގެ ތެރެއިން، މިއަދު މެންދުރު 12:50 ހާއިރު ބާކީ ނުވިކި ހުރީ 400 އެއްހާ ޓިކެޓު ކަމަށް ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާއިރު އެ ސަރަހައްދުގައި ކިޔޫ ހަދައިގެން ތިބި ބައެއް އާންމުން އަންނަނީ ޓިކެޓު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދި ގޮވާލަމުންނެވެ.

މިއަދުގެ ޓިކެޓް ވިއްކުން ފަށައިފައިވަނީ 10:00ގައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި ސޯޝަލް ސެންޓަރު ތެރޭގައި ކިޔޫ ހެދޭނީ 9:30ގެ ފަހުންނެވެ. އެހެން ނަމަވެސް ރޭ 11:30އިން ފެށިގެން ޓިކެޓް ގަތުމަށް ސޯޝަލް ސެންޓަރުގެ ބޭރުގައި ކިޔޫ ހަދަން ފަށައިފައިވެއެވެ.

ކުރީ މެޗުގައި ދިމާވި ޓިކެޓް ވިއްކުމުގެ މައްސަލައާ އެކު އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، ޓިކެޓް ގަތުމުގައި އުނދަގޫ ގޮތްތަކެއް ހުރިކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ވަނީ މިފަހަރުގެ ޓިކެޓް ވިއްކުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓިކެޓް ކައުންޓަރުތައް ގިނަކޮށް، ސޯޝަލް ސެންޓަރަށް ޓިކެޓް ވިއްކުން ބަދަލުކޮށްފައިވާ އިރު، އެއްފަހަރާ ގިނަ ބަޔަކަށް ޓިކެޓް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް