އެޗްއީއޯސީގައި މަސައްކަތްކުރާނެ ވޮލެންޓިއަރުން ރަޖިސްޓްރީ ވާން ހުޅުވާލައިފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށް ދިޔަ މަސައްކަތްތަކުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މަސައްކަތްކުރަން ޝައުގުވެރިވާ ވޮލެންޓިއަރުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފިއެވެ.

އެ ސެންޓަރުން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، ވޮލެންޓިއަރުން ރަޖިސްޓްރީ ކުރަން ހުޅުވާލީ އެ ސެންޓަރުގެ ދަށުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ވޮލެންޓިއަރުންގެ ދަފްތަރެއް އެކުލަވާލުމަށެވެ.

އެގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ މީހުންނަށް އެ ސެންޓަރުން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެ ސެންޓަރުން ބުނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންގެ ތެރެއިން އެވަގުތެއްގައި އެޗްއީއޯސީގައި ކުރަންޖެހޭ މަސައްކަތްތަކަށް ރިޔާއަތްކޮށް ވޮލަންޓިއަރުން ނަގަމުންދާނެ ކަމަށެވެ.

އެޗްއީއޯސީގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރި މީހުން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު، އެޗްއީއޯސީއަށް މެއިލްކުރުމުން ( [email protected] ) ލިބޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު