ސައުދީ އަރަބިޔާގެ ޖަޒަން ސިޓީގެ އެއާޕޯޓެއްކަމަށްވާ ކިންގް އަބްދުﷲ އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އެ ބަޔާނުގައި ވަނީ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ދޭ އެފަދަ ހަަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ހިލާފު އަމަލުތަކެއްކަމަށް ކަމަށެވެ. އަދި އޭގެ ސަަބަބުން އެތައް ބައެއްްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، ގޯސްވެގެން އަންނަނީ ސަރަހައްދުގެ މަސްލަހަތުކަަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެއާއެކު އެ ބަޔާނުގައި ބުނީ މިއަދު ވެސް އެއްވެސް ބިރެއްނެތި ހިންގަމުން އަންނަ އެފަދަ ނުރައްކާތެރި ޓެރަރިސްޓު އަމަލުތަކުން ދޭހަވަނީ ޓެރަރިޒަމާ ދެކޮޅަށް މަަސައްކަތްކުރުމުގެ މުހިންމުކަންކަމަށެވެ. އަދި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހައަށް މަސައްކަތްކޮށް އަވަސް ހައްލުތަކެއް ހޯދަން ޖެހޭކަމަަށް އެ ބަޔާނުގައިވެއެވެ.
"ސައުދީ އަރަބިއާގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރުގެ ވަރުގަދަ ގުޅުން އަބަދުވެސް އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ޓެރަރިޒަމާ ދެކޮޅަށް،" އެ ބަޔާނުގައިވެއެވެ.
ކިންގް އަބްދުﷲ އެއާޕޯޓަށް މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހަމަލާ ދީފައިވަނީ ގޮވާ ޒާތުގެ ދެ ޑްރޯން ބޭނުންކޮށްގެންނެވެ. އެ ހަމަލާގައި 10 މީހުންނަށް ވަނީ އަނިޔާވެފައެވެ.