މާލޭގެ ގުދަނަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހޯދަނީ

މާލޭގައި ހުރި ގުދަނަކުން ވައްކަން ކުރި މައްސަލައިގައި ހޯދަމުންދާ ތިން މީހުން --- ފޮޓޯ/ޕޮލިސް ލައިފް

މާލޭގެ ވައިލެޓް މަގުގައި ހުންނަ ގުދަނަކުން ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ހޯދަނީ ތިން މީހެކެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެކުށުގައި ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯ ލިބުނު ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވަނީ އެދިފައެވެ.

ފުލުހުން އެދުނީ މައުލޫމާތު ހިއްސާ ކުރުމަށްޓަކައި ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަމްބަރު 9631696 އަށް ގުޅައި، އެ މައްސަލައިގެ އިންސިޑެންޓް ނަމްބަރު 487193 ކިޔުމަށް ފަހު، އެމީހުންގެ މައުލޫމާތު ހިއްސާކުރުމަށެވެ.

comment ކޮމެންޓް