ފޯނެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަޖީދީމަގުގައި ހުންނަ ބަންކާ ފިހާރައިން ފޯނެއް ވަގަށް ނަގާފައިވާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ފިހާރަގައި ހުންނަނީ ފޯނެއްގައެވެ. އޭނާ ލައިގެން ހުންނަނީ ކަޅު ކުލައިގެ ފަތްތަކެއް ކުރަހާފައި ހުރި އަޅި ކުލަައިގެ ޓީޝަޓެކެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 18ގައި ނަގާފައިވާ އެ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ، އެ މީހާ މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކުރުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް