މިއަަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނަނީ

ރާއްޖެއަށް ގެނެސްފައިވާ 4 ޕެރެމެޑިކު އެމްބިއުލާންސް: ފޮޓޯ/ މެމްބަރު އަަބްދުﷲ ރިފާއު

މިއަަހަރު ނިމުމު ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އަތޮޅުތަކަށް ބޭނުންވާ 20 އެމްބިއުލާންސް މިހާރު ރައްޖެ ގެނެސްފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މަސް ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެނައުމަށް މަސައްކަތް ކުރަމުން ދާއިރު، އޭގެ ފަހުން ވެސް 20 އެމްބިއުލާންސް ގެންނާނެ ކަމަށެވެ.

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެ 96 އެމްބިއުލާންސް އަކީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސް ތަކެއް ކަމަށެވެ.

ނަސީމް ވިދާޅުވީ އަތޮޅުތެރޭގައި ހިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގަ އާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެން ޖެހޭ ސިއްހީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށެވެ.

comment ކޮމެންޓް