ހުޅުމާލޭގައި އަމިއްލަ ސްކޫލެއް އެޅުމަށް އައިލެންޑާސްއަށް

ހުޅުމާލޭގައި އަމިއްލަ އިންޓަނޭޝަނަލް ސްކޫލެއް އެޗްޑީސީ އިން އައިލެންޑާސް އެޑިއުކޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރުން

ހުޅުމާލޭގައި އަމިއްލަ އިންޓަނޭޝަނަލް ސްކޫލެއް އެޅުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިން އައިލެންޑާސް އެޑިއުކޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެފްރޭމްވޯކް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އައިލެންޑާސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދެވެ.


އައިލެންޑާސްއާ އެކު ސޮއިކުރެވުނު މި ފްރޭމްވޯކްގެ އިތުރު ތަފްސީލް އެޗްޑީސީން އަދި ނުދެއެވެ. އޭގެ ތަފްސީލު ލިބުނު އަވަހަކަށް ހިއްސާ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިލެންޑާސްގެ ފަރާތުން މިހާރު މާލޭގައި ހިންގާ ސްކޫލްތަކުގެ ތެރޭގައި ބިލަބޮންގް އާއި ފިންލެންޑް އަދި ކެންގަރޫ އިންޓަނޭޝަނަލް ސްކޫލް ހިމެނެއެވެ.

ހުޅުމާލޭގައި އަމިއްލަ ސްކޫލެއް އެޅުމަށް އެޗްޑީސީން ވަނީ މިދިޔަ މަހުގެ ތެރޭގައި ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ވެސް ބިން ދޫކޮށްފައެވެ.

ވިލާ އެޑިއުކޭޝަނަލް ސާވިސްއާ ހަވާލުކުރި ބިމުގައި އިމާރާތް ކުރާނީ ހަ ބުރީގެ ސްކޫލެއްކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް