ޝަހީމް ޕީއެޗްޑީ ހާސިލުކުރެއްވި ޔުނިވާސިޓީން ދަރިކަލުން މާހިލްއަށް އެކްސެލެންސް އެވޯޑް

ޝަހީމް ޕީއެޗްޑީ ހެއްދެވި ޔުނިވާސިޓީއިން ދަރިކަލުން މާހިލްއަށް އެކްސަލެންސް އެވޯޑް --- ފޮޓޯ: މިނިސްޓަރު ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް އަލީ ޝަހީމް ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާއިން އެކަޑަމިކް އެކްސަލެންސް އެވޯޑު ހާސިލުކުރައްވާފައެވެ. މިއީ ޑރ. ޝަހީމް ވެސް ޕީއެޗްޑީ ހާސިލުކުރެއްވި ޔުނިވާސިޓީއެވެ. މާހިލް ކިޔަވާ ވިދާޅުވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެވެ. މި ކާމިޔާބީއާ ގުޅިގެން ޑރ. ޝަހީމް ވަނީ ދަރިކަލުންނަށް މަރުޙަބާ ދަންނަވައި، މިއީ ގައުމާއި އާއިލާ ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށް ވިދާޅުވެފައެވެ.

  • މިނިސްޓަރު ޝަހީމްގެ ދަރިކަލުން މާހިލްއަށް އައިއައިޔޫއެމްއިން އެކަޑަމިކް އެކްސެލެންސް އެވޯޑް ލިބިވަޑައިގަތުން.
  • މާހިލް ފުރިހަމަކުރެއްވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއިން ބެޗްލާސް ޑިގްރީއެއްކަން.
  • އެ ޔުނިވާސިޓީގެ އެންމެ މޮޅު ދަރިވަރުންނަށް ދޭ ރެކްޓާސް އެވޯޑަށް މާހިލް ނޮމިނޭޓްވެވަޑައިގަތުން.
  • މި ކާމިޔާބީއަކީ ގައުމާއި އާއިލާއަށް ލިބުނު ފަޚުރެއް ކަމަށް ޑރ. ޝަހީމް ވިދާޅުވުން.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ޕީއެޗްޑީ ހާސިލުކުރެއްވި ޔުނިވާސިޓީން، ދަރިކަލުން އަބްދުﷲ މާހިލް އަލީ ޝަހީމް މަތީ ވަނައެއް ހޯއްދަވައިފިއެވެ.

ޝަހީމް ޕީއެޗްޑީ ހާސިލްކުރެއްވީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އިންނެވެ.

އެ ޔުނިވާސިޓީން ދަރިކަލުން މާހިލް ކިޔަވާ ވިދާޅުވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީއެވެ.

މާހިލް ވަނީ އެ ޔުނިވާސިޓީން، އޭނާ ކިޔަވާވިދާޅުވި ފެކަލްޓީން އެކަޑަމިކް އެކްސަލެންސް އެވޯޑު ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ އެވޯޑަކީ އެ ޔުނިވާސިޓީގެ އެންމެ މޮޅު ދަރިވަރުންނަށް ލިބޭ އެވޯޑެކެވެ.

ދަރިކަލުންގެ ކާމިޔާބީ ފާހަގަކުރައްވާ ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މާހިލްއަށް ތަހުނިޔާ ވިދާޅުވެފައެވެ.

އަދި އެ ކާމިޔާބީއަކީ އާއިލާގެ އިތުރުން ގައުމު ވެސް ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދަރިކަލުންނަށް ކާމިޔާބަށް އެދޭކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް