ބަރަހަނާ ފޮޓޯތައް ލީކު ކުރިކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް 15 ދުވަސް

ކްރިމިނަލް ކޯޓަށް ފުލުހަކު ވަންނަނީ: ބަރަހަނާ ފޮޓޯތައް ލީކު ކުރިކަމަށް ތުހުމަތުކުރާ މީހާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފައި

ޓެލެގުރާމާއި ސޯޝަލް މީޑިއާގައި މީހުންގެ ބަރަހާނާ ފޮޓޯ ލީކުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ، މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސައީދުގެ މައްޗަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

އޭނާގެ އެގޮތުން އޭނާގެ މައްޗަށް ޖުމްލަ 11 ދައުވާއެއްވަނީ އުފުލާފައެވެ. އެ ދައުވާތަކަކީ:

  • އޮރިޔާން ކާޑު ގެންގުޅުމުގެ ތިން ދައުވާ
  • އޮރިޔާން ކާޑު ފެތުރުމުގެ ތިން ދައުވާ
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ
  • އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހެވެ. ހައްޔަރުކޮށްފައިވަނީ ފޯނެއް ހެކްކޮށް ފޮޓޯތަކެއް ލީކުކޮށްލި މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މަސާއިދަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑުއޮތް މީހެއްކަމަށެވެ.

comment ކޮމެންޓް