ޖޯންގެ "ސަތިޔަމޭވް ޖަޔަތޭ 2" ނޮވެމްބަރު 26 ގައި

ސަތިޔަމޭވް ޖަޔަތޭގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ތިއޭޓާ ތަކުގައި ދައްކަން ފަށާ ދުވަސް ހާމަކޮށްފިއެވެ.

މި ފިލްމު ދައްކަން ފުރަތަމަ ނިންމީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ތާރީޚަކީ ސަލްމާން ޚާންގެ "ރާދޭ" ވެސް އަޅުވަން އޮތް ތާރީޚެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކްގެ ސަބަބުން ފިލްމު އެޅުވޭގޮތް މެދުވެރިނުވީއެވެ. ޖޯންގެ މި ފިލްމު މިހާރު އަޅުވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.

ދެހާސް އަށާރަ ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ފެށީ އިންޑިއާގެ ލަކްނޯގަ އެވެ. ފިލްމުގެ ބައެއް މަންޒަރުތައް އުއްތަރަ ޕްރަދޭޝްގައި ވެސް ނަގާނެއެވެ. މި ފިލްމުގައި ޖޯން އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ދިވްޔާ ކޯސްލާ ކުމާރުއެވެ.

މި ފިލްމަކީ މިލަޕް ޒަވޭރީގެ ޑައިރެކްޝަނުގެ ދަށުން ޓީ ސީރީޒްގެ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.

ކުޅަދާނަ އެކްޓަރު ޖޯންގެ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ވެސް ފެނިގެންދާނެ ފިލްމެކެވެ.

comment ކޮމެންޓް