"ކަރިޝްމާ ޕާޓީ" ހަދަން އިލެކްޝަންސް ކޮމިޝަނުން ހުއްދައެއް ނުދިން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް -- ފޮޓޯ/ ރައީސް އޮފީސް

"ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދުމުގެ ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ހުއްދަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި ޕާޓީ އުފެއްދުމަށް އެެދި ހުށަހަޅައިފައިވަނީ މ.ކެލަން، މުހައްމަދު އިސްމާޢީލްއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ޕާޓީއަށް ހުއްދަ ނުދިނުމަށް ނިންމައިފައިވަނީ އެ ފަރާތުން ހުށަހަޅައިފައިވާ ލިޔެކިޔުން ފުރިހަމަ ނުވާތީއާއި ހުށަހަޅައިފައިވާ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫން ކަމަށް އެ ކޮމިޝަނުން ނިންމައިފައިވާތީ ކަމަށެވެ.

އެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 2019 ވަނަ އަހަރު ވެސް ހުށަހަޅާފައިވެއެވެ. ނަމަވެސް ފަހުން މުހައްމަދު އިސްމާޢީލް ވަނީ އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް