އައްސޭރި ޖަލުގައި ތިބި ގައިދީން ޓީބީއަށް ސްކްރީން ކުރަނީ

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ---

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ޓީބީ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އައިޖީއެމްއެޗްއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ ޓީމެއް ވަނީ 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށް، އެ ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީ އާއި ސާމްޕަލް ކަލެކްޝަން އާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

އައްސޭރި ޖަލުގެ ހުރިހާ ޤައިދީންނަށް އަމާޒުކޮށްފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން މިއަދު ވެސް 71 ގައިދީންގެ ސާމްޕަލް ވަނީ ނަގާފައެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ރެންޑަމްކޮށް އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް