އެޗްޑީސީގެ ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުރިއަސް ގެންދާ ކޮމިއުނިޓީ އާބަން ފާމިންގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުން -- ފޮޓޯ/އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ކޮމިއުނިޓީ އާބަން ފާމިންގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފިި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްފައިވަނީ މިއަދު އެޗްޑީސީން އެކަމަަށްޓަކައި ބޭއްވި ހާއްސަ ހަފްލާގައި ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

މި ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވެސް ވަނީ ބައިވެރިވެޑައިގެންފަ އެވެ. އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އާއި ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ވޭރާ ހާކިމް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ކުރިއަސް ގެންދާ ކޮމިއުނިޓީ އާބަން ފާމިންގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުން -- ފޮޓޯ/އެޗްޑީސީ

މިއަދު އޮތް މި ރަސްމިއްޔާތުގައިވަނީ ހުޅުމާލޭގައި އާބަން ފާމިންގެ މަސައްކަތްކުރާ ފަރާތްތަކަށް އެ މަސައްކަތްކުރުމަށް ބިން ހަވާލުކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫގެ ދަށުން ދަނޑުވެރިކަން ކުރަން 16 ގްރޫޕަކާ ހަވާލުކޮށްފައިވާކަމަށެވެ.

މި މަޝްރޫއަކީ ޖަަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީއާ ގުޅިގެން ހިންގި މަޝްރޫއެކެވެ. އަދި މިއީ އެޗްޑީސީން ފުރަތަމަ ފަހަރަށް ބޭރުގެ ބަޔަކާ ގުޅިގެން ހިންގި މަޝްރޫ އެވެ.

އާބަން ފާމިންގެ ނަމުގައި އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޮވިޑް19ގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި އެވެ.

comment ކޮމެންޓް