އައިޔޫސީއެންގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ މެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ނިންމި ރިޕޯޓު މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ހުށަހެޅި އެ ރިޕޯޓުގައި ވަނީ އައިޔޫސީއެންގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ނިންމާފައެވެ.

އެ ރިޕޯޓު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެންބަރުންގެ އިއްތިފާގުންނެވެ.

އައިޔޫސީއެންއަކީ މެމްބާޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރާއި، މަދަނީ ޖަމިއްޔާތައް ހިނެމެނޭ ގޮތަށް އުފައްދާފައިވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ.

އައިޔޫސީއެން ގައި ދުނިޔޭގެ 91 ގައުމުން ބައިވެރިވެފައިވެއެވެ. އަދި 170 ގައުމެއްގެ 1400 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.

ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ އައިޔޫސީއެން އަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމިއްޔާއެކެވެ.

comment ކޮމެންޓް