މަސްވެރިންގެ ދުވަސް މިފަހަރު ފާހަގަ ކުރާނީ ގާފަރުގައި

ގާފަރުގެ އަތިރިމަތީ ކުދިބަޔަކު މަޑު ކޮށްލައިގެން ---- ސަން ފައިލް ފޮޓޯ

ދެހާސް އެކާވީސް ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް މާލެ އަތޮޅު ގާފަރުގައި ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ ކޮވިޑް-19ގެ ސަބަބުން ހަރަދު ކުޑަ ކުރުމުގެ ގޮތުން މާލެ ކައިރީ ސަރަހައްދެއްގައި އެދުވަސް ފާހަގަކުރުމަށް ކަމަށެވެ.

ހަމައެއާކު، އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ކުރިމަތި ލުމަށް އާންމުކޮށް ހުޅުވާނުލީވެސް ކޮވިޑްގެ ސަބަބުން ހަރަދު ކުޑަ ކުރުމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަ ކުރުމަށް ނިންމާފައިވަނީ އެ ރަށު ކައުންސިލާ މަޝްވަރާކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ވާޗުއަލް ކޮށެވެ.

މި އަހަރު ފާހަގަ ކުރާ މަސްވެރިންގެ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ 41 ވަނަ މަސްވެރިންގެ ދުވަހެވެ.

comment ކޮމެންޓް