ނިމިދިޔަ ސަރުކާރު ނިމުނުއިރު މިފްކޯއިން މަސްވެރިންނަށް ނުދައްކައިހުރީ 185 މިލިއަން ރުފިޔާކަމަށް ވިދާޅުވެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްގެ އަދަދުތައް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ދޮގުކުރައްވައިފިއެވެ.
އަމީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށް ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނިކޮށެވެ.
މިނިސްޓަރަށް ރައްދުދެއްވައި އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވިދާޅުވީ ނިމުނު ސަރުކާރުގެ ނޮވެންބަރު 16ގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ނުދީހުރީ 185 މިލިއަން ރުފިޔާ ކަމަށެވެ.
އަދި ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވިއިރު 250 މިލިއަން ރުފިޔާ ނުދައްކާ ހުންނަވާނެ ކަމަށް ބުނުމަކީ ދޮގެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގެ 16 އިން ފެށިގެން ނޮވެންބަރު 15 ނިޔަލަށް މަސްވެރިންނަށް ފައިސާނުދެވި ހުރި މިންވަރު ހާމަވާ ތަފްސީލު އޭނާގެ އެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
އެ ތަފްސީލުގައިވާ ގޮތުން 1،460 ދޯންޏަކަށް ނިމުނު ސަރުކާރުން ނުދައްކައި ހުރީ 184،254،116 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާއި މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުން ވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުން ހުރި ކަމަށް ތުހުމަތުކުރައްވައި ޝިޔާމް ވިދާޅުވީ، ލަސްތަކެއްނުވެ މިހާރު ހުރި ފައިސާ އެއްކޮށް ދެވި، ބަރާބަރަށް މަސްވެރިންނަށް ފައިސާ ދޭން ފެށޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އަދި އޭނާ ވިދާޅުވީ، މަސްވެރިންނަށް ފައިސާ ދިނުމަށް ޓަކައި ސަރުކާރާއި މިފްކޯއިން ރައީސްގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީ ދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެދުވަހަކު ވެސް އިތުރުވާ ފައިސާއާއެކު, މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ އެބަހުރިކަމަށް ޝީޔާމް ވަނީ ވިދާޅުވެފައެވެ.
މީސްމީޑިއާ މެދުވެރިކޮށް އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ގޮތުން، ރައީސް އޮފީހުން އިއްޔެ ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި މަސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ބާކީ ފައިސާ, މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް އަނބުރާ ދޭނެ ކަމަށެވެ.
އަދި، ކުރިއަށް އޮތް ތަނުގައި އެގޮތަށް އަބަދު ފައިސާ ދައްކަން ޖެހިފައި ބޮޑު އަދަދަކުން ހުންނަން ޖެހޭ ގޮތަށް ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރައްވާނެ ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ކަންތައް ހަމެޖެއްސުން ކަމަށް ރައީސް ވިދާޅުވިއެވެ.
comment ޒަންބެ
1 year 2 month ago
ދެރައީ ލަދެއްވެސް ނެތި ނުދެވިހުރި ވާހަކަ ދައްކާކަން. 185 މިލިއަން ރުފިޔާ ރައްޔިތުންނަށް ނުދީ އުޅޭ ބަޔަކު އަދިވެސް ނުކުމެ މިހާރު މިސަރުކާރަށް އެބަބައޭ އަޅެފަހެ މަސްވެރިންގެ ފައިސާ ކޮޅު އަވަހަށް ދޭށޭ ކިޔާފަ.. މީހަކު މޮޔަވެދާނެއްނު.. ތިމާމެން މި ގަނޑު ގަނެފަ ފައިސާ ކޯލު ނުދީ އެހެންބަޔަކަށް ބަވާކަމީ ލަދުގެ ކަންފުޅެއްވެސް ނެތްކަމުގެ ދަލީލެއް
comment އަނގހުޅުވަންކެރޭބާ
1 year 2 month ago
ލަދުވެސް ނުގަންނަނީ. ޤައުމު ދަރުވާލާފަ ކޮން ކޮހެއްގޮވާކަށް. ލިބުނުހާ ލާރިއެއް ކައި ހުސްކޮށްފަ މަސް ގަނެފަ ފައިސާވެސް ނުދައްކާ. މި އެމްޑީޕީގެ ކިބައިން މިޤައުމު.ސަލާމަތްވިކަން އެއީ ޤައުމަށް ހެޔޮއެދޭ ދިވެހިންގެ ނަސީބު.
comment ލޮލް
1 year 2 month ago
ޤައުމު ދަވަލި ގުރޫޕް
comment ވ
1 year 2 month ago
މަސްވެރިނަށް އެކަނ ފައިސާނުދީ އޮތީކީ ނޫނެވެ. 5 އަހަރުގެ ދައުރެއް ނިންމާިލިއިރު ހުރިހާ މަސައްކަތެއް ކޮށްފައިހުރީ ދަރަންޏަށެވެ އެއްވެސް ފައިސާ ދައްކާފައިނެތެވެ ކުރިކަމަކީ ފައިސާ ޗާޕްކުރުމެވެ ވައްކަން ކުރުމެވެ.
comment އިބްރާހިމް
1 year 2 month ago
މީނައަށް އެނގިނުލެއްވި ދޭންހުރި އަދަދުވެސް. ލޮލް އެމްޑީޕީ
comment ދޮން ބަބުރު ސޮރު
1 year 2 month ago
ކަލެއަށް މުހިއްމީ މަސްވެރިންނަށް ދޭން ހުރިވަރު ކިޔާދޭން ލަދު ގަންނަން ޖެހޭ ކަލޯ މެންގެ ވެރިކަމުގަ ކާފަ ނުކާނީ ކޯއްޗެއްތޯ، ރާއްޖޭގެ ނިކަމެތި މަސްވެރީންގެ ބޭނި މަސްކޮޅު ގެ ފައިސާ ވެސް ފެނާ ނުލާ ދިރުވާލި ވިއްޔަ.
comment އިބޫ
1 year 2 month ago
ޝިޔާމް ގެ ޖީބަށް ބައެއް އަޅާފަ ނުދެވިހުރިވަރު އެއީ، ދޯ ޝިޔާމޫ
comment ޖަބްޖަބް
1 year 2 month ago
އަމީރޫ ކަލޭމެން ހާދަ ގައި ހިރުވައޭދޯ. މި އަމީރު ގޭގައިތަ މިހާރު ފިނޭންސް ހުންނަނީ. ހަމައަހާލީ. މަވެސް ތީގެ ޝީޓެއް ހަދާލަންތަ. ވަރަށް ސިމްޕަލް.
comment ޛޖުހާ
1 year 2 month ago
އާދެ،އާދެ..ޝިޔާމް އެވުދާޅުވާ 190 މިލިޔަން އެއީ ދޮގެއް ، އަމީރު ވިދާޅުވާހެން އެބޭފުޅުންގެ ވެރިކަން ނިމުނުއިރު މަސްވެރިނަށް ނުދެވިހުރީ 185.00 ރުފިޔާ..