ފިޔަވަތީގެ ކަންކަން ގާތުން އެބަ ބަލަން: ޗިލްޑްރަންސް އޮމްބަޑްސްޕާސަން

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގު -- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ ފިޔަވަތީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަތީގެ ކަންކަން ގާތުން ބަލަމުން އަންނަަކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ނެރުނު ނޫސްބަޔާނެއްގަައި ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަމަށެވެ. އަދި އެއީ ގާނޫނު އަސާސީން އެ އޮފީހަށް މަތިކޮށްފައިވާ ކަމެއްކަމަަށް ވެސް އެ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

"ގާނޫނޫ ނަމްބަރު 19/2019 އިން މި އޮފީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި މި އޮފީހުން މި ގެންދަނީ އެ ހާދިސާ ގާތުން މޮނީޓަރުކޮށް އިވެލުއޭޓްކުރަމުންނެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާއެކު މި އޮފީހުން މި ގެންދަނީ ގާތުން މަޝްވަރާކުރަމުންނެވެ،" އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ އޮފީހުން ވަނީ އިއްޔެގެ ހާދިސާ ނޫސްތަކުގައި ގެނައިއިރު ބައެެއް ނޫސްތަކުން އެ ތަނުގައި ތިބޭ ކުދިންގެ ކަރާމާތަށް އުނިކަން އަަންނަހެން ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފައިވާކަމަށް ބުނެފައެވެ.

އެ އޮފީހުން ބުނީ ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމަކީ އެ އޮފީހުގެ މަސައްކަތްކަމަަށެވެ. އަދި އެ މަސައްކަތްކުރުމަށްޓަަކައި ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

https://sun.mv/157002

ދައުލަތުގެ ބެލުމުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހުންނަ މަރުކަޒު، ފިޔަވަތީގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ތަނުގެ ހާލަތު ބެއްލެވުމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިއަދު ވަނީ އެ ތަނަށް ޒިޔާރަތްކުރައްވައިފައެވެ.

މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ އެތަނުގައި ތިބޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެކުދިންގެ ކަންބޮޑުވުންތައް ނައިބު ރައީސް އޮޅުންފިލުއްވިއެވެ.

comment ކޮމެންޓް