ލާލް ސިންހް ޗައްޑާ ގެ ޕްރޮޑަކްޝަން މަސައްކަތް ނިންމާލައިފި

ކަރީނާ އާއި އާމިރު--

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ އާމިރު ޚާން އާ ކަރީނާ ކަޕޫރު ޚާން ލީޑު ރޯލުން ފެނިގެންދާ "ލާލް ސިންހް ޗައްޑާ"ގެ ޕްރޮޑަކްޝަން މަސައްކަތް ނިންމާލައިިފިއެވެ.

މިދިޔަ އަހަރު މި ފިލްމުގެ ޝޫޓިން ފެށިއިރު ދާދިފަހުން ވަނީ މި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލައިފައެވެ. "ލާލް ސިންހް ޗައްޑާ" ވެގެންދާނީ ބޮލީވުޑްގެ ތާރީހުގައި ވެސް ވަރަށް ހާއްސަ ފިލްމަކަށެވެ.

ސަބަބަކީ އެ ފިލްމަކީ ބޮލީވުޑްގެ ތިން ޚާނުން ވެސް އެކުގައި ފެނިފެންދާނެ ފުރަތަމަ ފިލްމަށް ވާތީ އެވެ. އާމިރު، ސަލްމާން ޚާން އަދި ޝާހްރުކް ޚާން ވެސް މި ފިލްމުގެ މަންޒަރަކުން ފެނިގެންދާނެކަން މިހާރު ކަށަވަރުވެފައިވާއިރު ޝާހު މި ފިލްމުން ފެންނާނީ ‘ރާޖް’ ކެރެކްޓާގެ ނަމުގަ އެވެ. އެއީ 1995 ވަނަ އަހަރު ޝާހް ކުޅުނު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގައި އޭނާ ކުޅުނު ކެރެކްޓަރުގެ ނަމެވެ.

ސަލްމާން މި ފިލްމުން ފެންނާނީ "ޕްރޭމް" ކެރެކްޓަރުންނެވެ. މި ފިލްމަކީ ހޮލީވުޑްގެ ޑައިރެކްޓަރު ޓޮމް ހޭންކް ގެނެސްދިން "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރީމޭކްއެކެވެ. މި ފިލްމަކީ ކަރީނާގެ ދެވަނަ ދަރިފުޅަށް ބަލިވެއިން ފަހުން ޝޫޓިން ފެށި ފިލްމެއް ވެސް މެއެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25ގައެވެ.

comment ކޮމެންޓް