އިޓަލީގައި ދިވެއްސަކު އަނިޔާވެރިގޮތަކަށް މަރާލައިފި

މަހްމޫދު އިމާދު: އޭނާ ފެނުނީ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި މަރާލައިފައި އޮއްވާ

އިޓަލީ މީހަކާ އިނދެގެން، އެ ގައުމުގައި ދިރިއުޅުނު ދިވެއްސަކު އެ ގައުމުގައި މަރާލައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާގެ އަންހެނުންނާއި ބަފައިބެ މިވަގުތު ހުރީ އޭނާގެ ރަށުގައެވެ. އެހެންނަމަވެސް އޭނާ ހުރީ އިޓަލީގައެވެ.

އޭނާ ހދ. ނޮޅިވަރަންފަރު، ވައިމަތީގޭ މަހްމޫދު އިމާދެވެ. އޭނާއަކީ ހދ. މައިވާދޫން ނޮޅިވަރަންފަރަށް ބަދަލު ކުރި މީހެކެވެ. އޭނާގެ އުމުރަކީ 44 އަހަރެވެ.

އިމާދު ދިރިއުޅެމުން އައި ގޭގެ ގޯތިތެރޭގައި ދަންޖައްސާފައި ހުއްޓައި ވަނީ ފެނިފައެވެ. އަދި އޭނާގެ އިނގިލިތައް ވެސް ބުރިކޮށްލާފައިވާ ކަމަށް އާއިލާ އާ ހަވާލާދީ އެރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭނާއަކީ މީގެ ކުރިން ސަފާރީއެއްގައި މަސައްކަތް ކުރި މީހެކެވެ. އިމާދު މަރާލި ސަބަބު އާއިލާއަށް ވެސް އެނގިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް