ގާތުން ދެނިކޮށްް، ފުއްޕާމެއަށް ކިރު އެޅިގެން ތުއްތުކުއްޖަކު ނިޔާވެއްޖެ

އއ. ބޮޑުފުޅަދޫ-- ފޮޓޯ: މޯލްޑިވްސް މެގަޒިން

އއ. ބޮޑުފުޅަދޫގައި ގާތުން ދެނިކޮށް، އެއް މަހާ ފަސް ދުވަހުގެ ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ.

ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް "ސަން" އަށް ވިދާޅުވީ މިކަން ހިނގައިފައިވަނީ އިއްޔެގެ މެންދުރު 11 އާއި 12 އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.

ސުޖާއު ވިދާޅުވީ ތުއްތު ކުއްޖާއަށް ގާތުން ދެނިކޮށް، މަންމައަށް ނިދި ޖެހުނު ކަމަށާއި މަންމައަށް ހޭލެވުނުއިރު ކުއްޖާއަށް އޮތީ ހޮޑު ލެވިފައި ކަމަށެވެ. އަދި އަނގައިން ލޭ އައިސްފައި ހުރި ކަމަށް ވެސް އާއިލާއާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތުއްތު ކުއްޖާ ވަގުތުން ހެލްތް ސެންޓަރަށް އާއިލާއިން ގެންދިޔަ ނަމަވެސް، ކުއްޖާ ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ބުނެފައިވާ ކަމަށެވެ.

ތުއްތު ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ސުޖާއު ވިދާޅުވީ ކުއްޖާ ނިޔާވީ ފުއްޕާމެއަށް ކިރު އެޅިގެން ކަމަށް ޑޮކްޓަރު ވިދާޅުވިކަމަށެވެ.

comment ކޮމެންޓް