މުކުރިމަގު ސްކޫލް އޮފީސް އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ.ގަން މުކުރިމަގު ސްކޫލް އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ލ.ގަން މުކުރިމަގު ސްކޫލް އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ ޕީއެސްއައިޕީގެ ދަށުން މި މަޝްރޫއު ހަވާލު ކުރެވިފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ.

ލ. ގަން މުކުރިމަގު ސްކޫލް އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އަދި އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ތަވީލްއެވެ.

120 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫގެ އަގަކީ 4 މިލިއަން ރުފިޔާއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، 2022 ވަނަ އަހަރު ޖަނަވަރީ މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް