ކޮސޮވޯގައި ގައިދީއެއްގެ ބަނޑުން މޮބައިލް ފޯނެއް ނަގައިފި

ގައިދީގެ ބަނޑުން ނެގި ފޯނު

ކޮސޮވޯގެ ޖަލެއްގައި ހުރި ގައިދީއެއްގެ ބަނޑުން މޯބައިލް ފޯނެއް ނަގައިފިއެވެ.

ބޭރުގެ މީީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާގެ ބަނޑުން އެ ފޯނު ނަގައިފައި ވަނީ ފޯނު ދިރުވާލުމަށް ފަހު އޭނާގެ ބަނޑުގައި އޮންނަތާ ހަތަރު ދުވަސް ފަހުންނެވެ.

އުމުރުން 33 އަހަރުގެ މި ފިރިހެން މީހާގެ ބަނޑުން މިހާރު އެ މޮބައިލް ފޯނު ނަގައިފައި ވާ ކަމަށާއި، އިތުރު ފަރުވާ ދިނުމަށް ޕްރިސްޓީނާ ޔުނިވާސިޓީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާ ކަމަށް ވެސް ބޭރުގެ މިޑއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ، އޭނާގެ ބަނޑުން އެ މޮބައިލް ފޯނު ނަގައިފައިވަނީ "އެންޑަސްކޯޕީ" ހެދުމަށް ފަހުގައި ކަމަށާއި، އެގޮތަށް ކަންތައް ކުރީ ބަނޑު ނުފަޅައި ފޯނު ނެގުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ފޯނު ނަގައިފައިވަނީ އެކި ބައިބަޔަށް ކަމަށް ވެސް މިޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި މީހާ އެ މޮބައިލް ފޯނު ދިރުވާލީ ކީއްވެކަމެއް އަދި ކިހިނެއް ކަމެއް އެނގިފައި ނުވާއިރު، މި މައްސަލަ މިހާރު އެ ގައުމުގެ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް