އިންޑިއާގެ ޑިފެންސް އެޑްވައިޒަރަކަށް ކާނަލް މުހައްމަދު އިބްރާހިމް

އިންޑިއާއަށް ކަނޑައަޅުއްވާ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދަށް ލިޔުން ހަވާލު ކުރެއްވުން -- ފޮޓޯ/ އެމްއެންޑީއެފް

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަނު ކުރައްވައިފިއެވެ.

އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަނު ކުރައްވައި، އޭނާއާ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އްބްދުﷲ ޝަމާލްއެވެ.

ކާނަލް މުހައްމަދު އިބްރާހީމް މީގެ ކުރިން އަދާކުރެއްވި މުހިންމު މަގާމު ތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޓްގެ ޑިރެކްޓާ ޖެނެރަލް ކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމް ހިމެނެއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އަހްމަދު ތޯހިރުއެވެ.

ކާނަލް މުހައްމަދު އިބްރާހިމް މި މަގާމަށް ހަމަޖެއްސެވީ، ކާނަލް ތޯހިރުގެ މަގާމު މުއްދަތު ހަމަވުމުންނެވެ.

comment ކޮމެންޓް