ތައިލެންޑްގެ ސަފީރުކަމަށް ދިވެހި ރައްޔިތުން ޕާޓީ(ޑީއާރުޕީ)ގެ ލީޑަރު މުހައްމަދު ނަޝީދު(ކާނަލް) ހަމަޖެއްސުމަށް މަޖިލީހަށް ނަން ފޮނުވައިފި އެވެ.
މާދަމާ ފަށާ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ވަނީ ތައިލެންޑުގެ ސަފީރުކަމަށް ކާނަލް ހަމަޖެއްސުމަށް ޓަކައި މަޖިލީހަށް ނަން ފޮނުވައިފަ އެވެ.
މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމުމަށް މާދަމާ ކޮމެޓީއަށް ފޮނުވުމަށް ނިންމާނެ އެވެ.
ކާނަލް އަކީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ދާއިރާގައި އިދިކޮޅު އެމްޑީޕީ އިން ނަން ވިދާލި ކާނަލް މިހާރު ވަނީ މިހާރުގެ ސަރުކާރާ އެކު ކޯލިޝަން ހަދައިފަ އެވެ.
އޭނާ އަކީ ދިވެހި ބަހުގެ އެކަޑެމީގެ މެމްބަރެއް ވެސް މެ އެވެ. އަދި ބަސް ކޮމެޓީގެ ރައީސް އެވެ.