އަދިތްޔާއާއެކު ދެން ފެންނާނީ މުރްނާލް!

ތަދަމްގެ ލީޑު ތަރިން---

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަދަމް" ގެ ބަތަލާ އަކަށް މުރްނާލް ތާކޫރު ހަމަޖައްސައިފިއެވެ.

މި ފިލްމުގެ އަންހެން ލީޑު ރޯލުން މުރްނާލް ފެންނާނެކަން ކަށަވަރުވެފައިވާއިރު އަދިތްޔާ ވެސް މުރްނާލް ވެސް ވަނީ އެކަން އިންސްޓަގްރާމްގައި ހާމަކޮށްފައެވެ. މި މަހު ޝޫޓިން ފަށާ މި ފިލްމަކީ ތަމަޅަ ފިލްމެއްގެ ހިންދީ ރީމޭކެކެވެ. ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ވަރްދާން އެވެ. އެކްޝަން ތްރިލާގެ ޖޯންރާއަށް މި ފިލްމު ގެނެސްދޭ އިރު މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާވެގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ޓީމާ ގުޅެމުން މުރްނާލް ބުނީ އަދިތްޔާ އާއެކު މަސައްކަތް ކުރަން ކެތްމަދުވެފައި ހުރި ކަމަށާއި ފިލްމުގެ ދަތުރަށް އިންތިޒާރުކުރެވޭ ކަމަށެވެ. މި ފިލްމުވެގެންދާނީ އަދިތްޔާއާއި މުރްނާލް އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ތަމަޅަ ފިލްމު ތަދަމް އަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމަކީ ޒުވާން ފިރިހެނެއް މަރުުވުމުން އެކަން ތަހުގީގުކުރަން އުޅުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.

comment ކޮމެންޓް