މަންމަ އެޑްމިޓްކުރުމުން ޝޫޓިން ދޫކޮށްލާފައި އަކްޝޭ އިންޑިއާއަށް!

އަކްޝޭ ކުމާރު--

މަންމަ އެޑްމިޓްކުރުމުން ޝޫޓިން ދޫކޮށްލުމަށްފަހު އެކްޓަރު އަކްޝޭ ކުމާރު އެނބުރި އިންޑިއާއަށް އަތުވެއްޖެއެވެ.

2019ވަނަ އަހަރު ނުކުތް ތެލެގޫ ތްރިލާ "ސިންދްރެއްލާ"ގެ ހިންދީ ރީމޭކްގެ ޝޫޓިންއަށް އަކްޝޭ ވަނީ މިިދިޔަ މަހު ފަހުކޮޅު ޔޫކޭ އަށް ގޮސްފައެވެ. ނަމަވެސް އޭނާގެ މަންމަ އަރޫނާ ބާޓިއާ ސިއްހީ ހާލަތު ގޯސްވެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމުގެ ޚަބަރު ލިބުމާއެކު އޭނާ ވަނީ ވަގުތުން ޝޫޓިން ދޫކޮށް އެނބުރި މުމްބާއީ އަށް އައިސްފައެވެ.

ސިންދްރެއްލާގެ ހިންދީ ރީމޭކްގެ ޑައިރެކްޓަރަކީ ރަންޖިތް އެމް ތިވާރީއެވެ. ޚަބަރުތައް ބުނާގޮތުގައި އަކްޝޭގެ މަންމަގެ ސިއްހީ ހާލަތު ރަނގަޅުވުމާއެކު ފިލްމުގެ ޝޫޓިން އަށް އެނބުރި އޭނާ ޔޫކޭ އަށް ދާނެއެވެ.

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އަކްޝޭގެ ކުރިއަށް ރިލީޒްކުރަން ވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އެއީ "ސޫރިޔަވަންޝީ"، "ރަކްޝާބަންދަން"، "ބައްޗަން ޕާންޑޭ" އަދި "ރާމް ސެޓޫ" އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ "ބެލްބޮޓަމް" އިންނެވެ.

comment ކޮމެންޓް