އެންޑްރޮއިޑް 12ގައި ތަފާތު ފީޗާތަކެއް

ގޫގުލްގެ 12 ވަނަ މޭޖާ ރިލީޒްއާއެކު އެންޑްރޮއިޑްގެ 19 ވަނަ ވާޝަން ގެ ފީޗާސްތައް ވަރަށް ތަފާތެވެ.

އެގޮތުން "އެންޑްރޮއިޑް 12" މިފީޗާގައި ފޯނުގެ ކުލަ ޕަލެޓު ފޯނުގެ ވޯލްޕޭޕާއާ ގުޅޭގޮތަށް އޮޓަމެޓިކުކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. ތަފާތު ކުލަތަކަށް ލޯބިކުރާ ފަރާތްތަކަށް 4 ސެޕްޓަމްބަރު ދުވަހަކީ އުފާވެރި ދުވަހަކަށް ވާނެ ކަމަށް އެންޑްރޮއިޑްން ބުނެއެވެ.

ހަމައެހެންމެ އެންޑްރޮއިޑް 12ގެ ފީޗާސްތަކުގެ ތެރޭގައި ޑާކް މޯޑް ވެސް ހިމެނެއެވެ. ޑާކް މޯޑަކީ މިހާރު ވަރަށް ގިނަ ސޯޝަލް އެޕްތަކުގައިވެސް ހިމެނޭ ފީޗާއެެކެވެ.

މީގެ އިތުރުން، އެންޑްރޮއިޑް މިފަހުގެ ވާޝަންގައި ކުއިކް ޓެޕް ފީޗާ އެކުލެވިގެންވެއެވެ. މިއީ، ފޯނުގެ ފަހަތުގައި ދެފަހަރަށް ޓަޗް ކޮށްލުމުން ސުކްރީން ޝޮޓް ނެގޭގޮތަށް ހަދާފައިވާ ފީޗާއެކެވެ. ހަމައެހެންމެ، މިފީޗާގެ ގޫގްލް ގެ މުޅިން އައު ތީމުތަކެއް އެކުލެވިގެންވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިފަހުގެ ފީޗާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވެއެވެ.

comment ކޮމެންޓް