ޕީޓޭސް ރެސްޓޯރެންޓުން އޮފީސްތަކުގެ މުވައްޒަފުންނަށް "ލަންޗް ޕެކޭޖު"ތަކެއް ހާއްސަކޮށްފިއެވެ.
އެގޮތުން ޕީޓޭސްއިން ކޮންމެ ދުވަހަކު ހެނދުނު 11:00އިން މެންދުރު ފަހު 2:00އާ ހަމަޔަށް ޑެލިވާ ކޮށްދޭ ހަތަރު ލަންޗު ޕެކޭޖެއް އޮވެއެވެ.
އެ ޕެކޭޖުތަކަކީ ބަޓާ ޗިކަން، ޗިކަން ކަބާބް، އިންޑިއަން ޗިލީ ފިޝް އަދި ޓިއްކާ މަސާލާ ޕެކޭޖެވެ.

އޭގެ ތެރެއިން ބަޓާ ޗިކަން ޕެކޭޖުގައި މަޓަރު ނުވަތަ ގްރީން ޕީސް މަސާލާއާއި ނާން އަދި ތަންދޫރީ ސެލެޑެއް ހިމެނެއެވެ. އަދި ޗިކަން ކަބާބް ޕެކޭޖުގައި ތަރުކާރީ ބަތާއި ކޯން މަޓަރު މަސާލާ އާއި ގްރީން ސެލެޑު ހިމެނެއެވެ.
މީގެ އިތުރުން އިންޑިއަން ޗިލީ ފިޝް ޕެކޭޖުގައި މަޓަރު ޕުލާއޯއާއި ކަޑައި މަޝްރޫމާއި މިކްސް ސެލެޑު ހިމެނެއެވެ. އަދި ޓިއްކާ މަސާލާ ޕެކޭޖުގައި ގާލިކް ރައީސްއާއި ޕީޓާ ބްރެޑް އާއި ކިއުކަމްބާ ސެލެޑް ހިމެނެއެވެ.
އޭގެ ތެރެއިން ކޮންމެ ޕެކޭޖެއްގައި ވެސް ފޮނި އެއްޗެއް ހިމެނޭނެއެވެ. އެގޮތުން ސޫޖީ އާއި ކަސްޓަޑާއި ޕިރިނީ ހިމެނެއެވެ.

އޭގެ ތެރެއިން ކޮންމެ ޕެކޭޖެއްގެ އަގަކީ 70 ރުފިޔާއެވެ.
ޕީޓޭސްގެ ލަންޗު ޕެކޭޖުތައް މާލެ އާއި ހުޅުމާލެއަށްވެސް ޑެލިވާ ކޮށްދޭނެއެވެ. އަދި އެ ރެސްޓޯރެންޓުގެ ނަމްބަރު 720118 މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.