އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފްލޯޓިން ވޯޓާ ޕާކު ރާއްޖޭގައި!

ސިޔާމް ވޯލްޑްގެ ސިޔާމް ވޯޓާ ވޯލްޑް-- ފޮޓޯ/ސަން ރިސޯޓްސް

އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފޮލޯޓިން ވޯޓާ ޕާކާއެކު "ސިޔާމް ވޯލްޑް" ހުޅުވަން ތައްޔާރުވެއްޖެއެވެ.

ވޯޓާ ޕާކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަން ސިޔާމް ރިސޯޓްސްގެ މާކެޓިން މެނޭޖަރު ސަރާ ސިޔާމް "ސަން" އަށް ވިދާޅުވީ މިއީ އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާ އެންމެ ހާއްސަ އެއް ޕްރޮޖެކްޓުކަމަަށެވެ.

ސިޔާމް ވޯލްޑްގެ ސިޔާމް ވޯޓާ ވޯލްޑް-- ފޮޓޯ/ސަން ރިސޯޓްސް

"ސިޔާމް ވޯޓާ ވޯލްޑް"ގެ ނަމުގައި ހުޅުވާ މި ވޯޓާ ޕާކަކީ އެތައް ކުޅިވަރަކާއެކު "ސިޔާމް ވޯލްޑް"ގައި ހުޅުވާ ޕާކެކެވެ. އެގޮތުން ތަފާތު އެކި އޮބްސްޓެކަލްތައް ހިމެނޭހެން އުފާވެރި ވަގުތުކޮޅެއް މޫދުގައި ހޭދަކޮށްލެވޭނެ މަގު މި ޕާކުން ފަހިވެގެންދާނެއެވެ.

ސިޔާމް ވޯލްޑްގެ މި ވޯޓާޕާކަަށް އަންނަ ގެސްޓުންނަށް އަންލިމިޓެޑް އެކްސެސް ޕާކަށް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕާކަކީ 2580 އަކަށްފޫޓަށްވުރެ ބޮޑު ޖާގައެއްގައި މޫދުގައި ތަރައްގީކުރެވިފައިވާ ޕާކެކެވެ. މި ވޯޓާޕާކު ތަރައްގީކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ ވިބިޓް ސްޕޯޓްސުންނެވެ.

ސިޔާމް ވޯލްޑަކީ ސަން ސިޔާމް ރިސޯޓްސް އިން އެންމެ އަވަހަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓެވެ.

ސިޔާމް ވޯލްޑް-- ފޮޓޯ/ސަން ރިސޯޓްސް

އެގޮތުން ފަސް ތަރީގެ ހިދުމަތް ލިބިގެންދާ މި ރިސޯޓަކީ ފަތުރުވެރިންނަށް މުޅިން އާ ފެންވަރެއްގައި ހިދުމަތް ލިބިގެންދާނެ ރިސޯޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ސިޔާމް ވޯލްޑަކީ ހުރިހާ ބާވަތެއްގެ ފަތުރުވެރިންގެ ބޭނުންތަކަށް ހިދުމަތް ލިބޭ ފަހި މާހައުލަކަށް ވެގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ހަނީ މޫނަށް އަންނަ ފަތުރުވެރިންނަށާއި، ކުޑަކުދިންނަށާއި، މޫދުގެ ކުޅިވަރުތަކަށް ލޯބވިކުރާ ފަތުރުވެރިންގެ އިތުރުން އާއިލާތަކާއިއެކު މަޖާ ވަގުތެއް ހޭދަކޮށްލަން ބޭނުން ފަތުރުވެރިންނަށް މި ރިސޯޓުން އެތައް ހިދުމަތެއް ލިބިގެންދާނެއެވެ.

މި ރިސޯޓުން އެކޮމޮޑޭޝަންގެ ގޮތުގައި 21 ބާވަތެއްގެ އެކޮމޮޑޭޝަން ފެސިލިޓީ އިހްތިޔާރުކުުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސިޔާމް ވޯލްޑްގެ ސިޔާމް ވޯޓާ ވޯލްޑް-- ފޮޓޯ/ސަން ރިސޯޓްސް

އެގޮތުން 89 އަކާއި 3000 އަކަފޫޓާއި ދެމެދުގެ ބޮޑު މިނަށް ފެތޭ އެކޮމޮޑޭޝަން ފެސިލިޓީތައް ސިޔާމް ވޯލްޑުގައި ވަނީ ތަރައްގީކޮށްފައެވެ.

އޭގެ ތެރޭގައި ލަގްޒަރީ ބީޗް ވިލާތަކާއި، ބީޗް ސުއިޓްސްއާއި، ބީޗް ރެސިޑެންސްގެ އިތުރުން ބީޗް ހައުސް ކަލެކްޝަންވެސް ސިޔާމް ވޯލްޑުގެ އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން ފާހަގަކޮށްލެވެއެވެ. އަދި ގްރޭންޑް ވޯޓާ ޕެވިލއަންވެސް ފާހަގަކޮށްލެވެއެވެ.

ސިޔާމް ވޯލްޑްގެ ސިޔާމް ވޯޓާ ވޯލްޑް-- ފޮޓޯ/ސަން ރިސޯޓްސް

ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިޔާމް ވޯލްޑު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހެވެ.

comment ކޮމެންޓް