ރާއްޖޭގައި އާންމު ނޫން ވައްތަރެއްގެ ބޮނޑެއް ފެނިއްޖެ

މާލެ އެމްޕީއެލް ބަނދަރުން ހޯދި ބޮނޑު -- ފޮޓޯ/ ސޯޝަލް މީޑިއާ

ރާއްޖެއިން އާންމުކޮށް ނުފެންނަ ވައްތަރެއްގެ ބޮނޑެއް މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މާލޭ ބަނދަރުން ފެނިއްޖެއެވެ.

މި ބޮނޑަކީ ރާއްޖެއިން އާންމުކޮށް ނުފެންނަ ބާވެތެކެވެ. އެގޮތުން މި ބާވަތަށް އާންމުކޮށް ކިޔައި އުޅެނީ ވައިލްޑް އިގުއާނާއެވެ.

މި އިގުއާނާ ކޮންޓެއިނަރުތަކެއްގެ ކައިރިން ފެނިގެން އެ ހިފަން މަސައްކަތްކުރާ ވީޑިއޯއެއްވެސް މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

އެގޮތުން މި އިގުއާނާ ފެނިގެން އެމްޕީއެލުން އެކަން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އަދި އެއާއެކު އެ ކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެ އިގުއާނާ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މިހާތަނަށް އައިއިރު އެ އިގުއާނާ ރާއްޖެ އެތެރެވި ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް އާންމުގޮތެއްގައި މިފަދަ ޖަނަވާރު ރާއްޖެ އެތެރެވަނީ ބޭރުން ރާއްޖެ މުދާ ގެންނަ ކޮންޓެއިނަރުތަކުގެ ތެރޭގައެވެ.

comment ކޮމެންޓް