ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
މި ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ އަހަރުގެ ފުރަތަމަ ބޮޑު ކައިވެނި ވަރުން ދަވަން އާ ނަތާޝާ ދަލާލްގެ ކައިވެންޏަށް ޝްރައްދާގެ ލޯބިވެރިޔާ ފޮޓޯފްރަފަރު ރޯހާން ޝްރެސްތާ ވަރުން އަށް މަރުހަބާ ކިޔުމަށްފަހު ޕޯސްޓްކުރި ފޮޓޯއަށް ވަރުން ދިން ޖަވާބަކާ ގުޅިގެންނެވެ. ވަރުން ބުނީ އޭނާ އަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި ރޯހާންވެސް ކައިވެންޏަށް ތައްޔާރުކަމަށް އުންމީދުކުރާކަމަށެވެ. ރޯހާން އަކީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރު ލޯބީގެ ގޮތުން އުޅޭ މީހާއެވެ.
ޝްރައްދާގެ ކައިވެންޏާ ބެހޭގޮތުން އޭނާގެ ބޮޑުދައިތަ ވަނީ ދާދިފަހުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެ ކަމާ ގުޅޭގޮތުން ވާހަކަ އެއް ބުނަން ނެތް ކަަމަށާއި ކައިވެނިކުރާނަމަ އެކަމަށް އާއިލާ ތައްޔާރަށް ތިބި ކަމަށެވެ.