އައިޝްވާރިޔާ ވެސް ބަނޑުބޮޑު؟

ބަތަލާ އައިޝްވާރިޔާ ރާއީ--

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އައިޝްވާރިޔާ ރާއީ ބައްޗަން ދެވަނަ ދަރިއަކަށް ބަލިވެއިން ކަމަށް ޚަބަރުތައް ބުނެފިއެވެ.

އައިޝްވާރިޔާ ބަނޑުބޮޑު ކަމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ ދަރިފުޅު އާރާދިއާ ބައްޗަން އާއެކު އެއާޕޯޓް ތެރޭ ހުއްޓާ ޕަޕަރާޒީން ނެގި ފޮޓޯތަކެއް ވައިރަލްވުމާއެކުގައެވެ.

ޕަޕަރާޒީން ނެގި ވީޑިއޯއެއް ވަގުތުން ވަނީ ވައިރަލްވެފައެވެ. ފޭނުން ބުނަނީ އައިޝްވާރިޔާ ފަލަވެއްޖެ ކަމަށެވެ. ފޭނަކު އެ ވީޑިއޯ އަށް ކުރި ކޮމެންޓެއްގައި ބުނީ ދެނެއް އައިޝްވާރިޔާގެ ބަނޑެއް ނުފޮރުވޭނެ ކަމަށާއި އޭނާގެ ބަނޑު ބޮޑު ވެފައި ހުރިކަމަށެވެ.

އޭނާ ބަނޑުބޮޑު ކަމަށް ވާހަކަ ދެކެވުނަސް އެވާހަކަ އާ މެދު އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ބަތަލާ އައިޝްވާރިޔާ އާ އަބީޝެކް ބައްޗަން ކައިވެނިކުރީ 2007 ވަނަ އަހަރުއެވެ. އެމީހުންގެ އަންހެން ދަރިފުޅަށް ނުވަ އަހަރެވެ.

comment ކޮމެންޓް