މިނިސްޓަރު ޝާހިދު ޖަޕާންގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާންގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރެއްވުމުގެ ތެރެއިން: ފޮޓޯ/ ޓްވިޓާ

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާންގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓޭގީއާއި ބައްދަލު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓްވީޓެއްގައިވާ ގޮތުން މިނިސްޓަރު ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޖަޕާންގެ ފޮރިން މިނިސްޓަރާއެކު މިނިސްޓަރު ޝާހިދު ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި ޖަޕާންގެ ގުޅުން މިހާރަށް ވުރެ އިތުރަށް ވަރުގަދަ ކުރުމާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އަދި ދެ މިނިސްޓަރުން ވަނީ ޔުނައިޓެޑް ނޭޝަންސްގެ 76 ވަނަ ޖެނެރަލް އެސެމްބްލީގައި އިސްކަންދޭނެ ކަންތައްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު 76ވަނަ އެސެމްބްލީގެ އިންތިހާބީ ރައީސްގެ ގޮތުގައި އެސެމްބްލީއާއިމެދު ދެކެވަޑައިގަންނަވާ ތަސައްވުރުވެސް ޖަޕާނުގެ ފޮރިން މިނިސްޓަރާއެކު މި ބައްދަލުވުމުގައި ހިއްސާ ކުރެއްވިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުންޏެވެ،

ޝާހިދު ޖަޕާންގެ ފޮރިން މިނިސްޓަރާއި ބައްދަލު ކުރައްވާފައިވަނީ އ.ދގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ދަތުރުފުޅަށް މިނިސްޓަރު ޝާހިދު ފުރާ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

comment ކޮމެންޓް