އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ތިން ނަމެއް ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި

އޯގަސްޓް 24، 2021: ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/މަޖިލިސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ތިން މެމްބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވި ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތުން އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް ހުށަހަޅުއްވާފައިވަނީ ދަފްތަރު 2864، އައިމިނަތު އަލީ އާއި މ. ލިލީސް، އަޒްހާ ޒަމީރު އާއި ގ. ހިމާލިޔާގެ، ފާތުމަތު ނިއުމާ އާއި ހ. ރައިޒިން ސަން، ފާތުމަތު ޒީނާ އަލީގެ އިތުރުން ބ. ކެންދޫ، ޝާޒީބިން، އައިޝަތު ޝީޒާއެވެ.

މީގެ ތެރެއިން ކޮމިޓީއިން އިންޓަވިއު ކުރިއަށް ގެންދިޔުމަށްފަހު ފާސްކޮށްފައިވަނީ ނިއުމާއާއި، އަޒްހާއާ އަދި ޒޫނާގެ ނަން މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް ހުށަހެޅުމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއްވެސް ހިމެނެން ޖެހެއެވެ.

comment ކޮމެންޓް