19 ދުވަހަށްފަހު ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވެއްޖެ

ޖޫން 7، 2021: ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ޖަނާޒާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީއިން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ 19 ދުވަސްފަހުން ރާއްޖެއިން ކޮވިޑުގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މިއަދު މަރުވެފައި ވަނީ އއ. ހިމަންދޫއަށް ނިސްބަތްވާ 75 އަހަރުގެ އަންހެން މީހެކެވެ. ހިމަންދޫގެ ކައުންސިލުގެ ރައިސް ހުޝާމް އިސްމާއިލް "ސަން" އަށް ވިދާޅުވިގޮތުގައި އެ މީހާ މަރުވެފައިވަނީ މިއަދުގެ ހެދުނުގެ ވަގުތެއްގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގަި ފަރުވާދެމުން ދަނިކޮށެވެ.

އެ މީހާ ހިމަންދުއިން ހުޅުމާލޭގެ ފެސިލިޓީއަށް ބަދަލުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 223 ވަނަ މީހާއެވެ. ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ މޭ މަސްތެރޭއެވެ.

ހިމަންދޫއިން ޖުމްލަ 250 މިހުން މިހާތަނަށް ކޮވިޑްއަށް ޕޮޒިޓިވްވެފައިވާއިރު މިވަގުތު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 197 ކޭސް އެބަހުއްޓެވެ. އަދި އިއްޔެ އެކަނިވެސް އެރަށުން ވަނީ 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ހިމަންދޫގެ ކައުންސިލުން ބުނިގޮތުގައި ކޮވިޑްއަށް ޕޮޒިޓިވް ވެގެން އެރަށުގެ މާބަނޑު ދެ މީހަކުވެސް ވަނީ މާލެ ބަދަލުކޮށްފައެވެ.

comment ކޮމެންޓް