ޖަޕާނުން އޯޓިޒަމް އެސޯސިއޭޝަނަށް ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފި

އޯގަސްޓް 18، 2021: ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނަށް ވިޝަން އެންޑް ހިއަރިން ސްކްރީނާޒް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކޮށްފައިވަނީ އިއްޔެ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަަފްލާއެއްގައެެވެ. މި ހަަފްލާގައި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެއިކޯ ޔަނާއީ އާއި އޯޓިޒަމް އެސޯސިއޭޝަން ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސްކްރީނަރުތައް ހަދިޔާކޮށްފައިވަނީ 2019 ވަނަ އަހަރު ޖަޕާނުގެ އެމްބެސެޑަރާއި އޯޓިޒަމް އެސޯސިއޭޝަނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ޖަޕާނުގެ ފަރާތުން އެ އެސޯސިއޭޝަނަށް މި ތަކެތި ހަދިޔާކޮށްފައިވަނީ ޖަޕާނުގެ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިޔުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ)ގެ ދަށުންނެވެ.

ޖީޖީޕީ އަކީ ޖަޕާނުގެ ގެ އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސް ގެ ތެރެއިން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީ އިސްވެ އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ އެސިސްޓެންސް ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ތައުލީމަށާއި، ދަތުރުފަތުރާއި، ސިއްހަތުގެ އިތުރުން އެހެނިހެން ދާއިރާތަކަށް ބޭނުންވާ އެހީތެރިކަން ޖަޕާނުގެ ފަރާތުން ލިބިގެންދާނެއެވެ.

comment ކޮމެންޓް