ފަޔާ އެކްސްޓިންގުއިޝާ ފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

ފަޔާ އެކްސްޓިންގުއިޝާ ގޮވި ސަރަަހައްދުގައި ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

މާލޭގެ މާފަންނުގައި ހުންނަ ގުދަނެއްގެ ތެރޭ ފަޔާ އެކްސްޓިންގުއިޝާ ފުޅިއެއް ގޮވުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެ ހާދިސާ ހިނގީ މާފަންނު، މުރަނގަ މަގުގައި ހުންނަ ވަގުތީ މިސްކިތް ކުރިމަތީ ހުރި ގުދަނެއްގައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ އެ ގުދަނަކީ ފަޔާ އެކްސްޓިންގުއިޝާ ރައްކާކުރާ ގުދަނެއް ކަަމަށެވެ. އަދި ގޮވާފައިވަނީ އެފްއެމް200 ގެ ސިލިންޑަރެއް ކަމަށެވެ.

ފަޔާ އެކްސްޓިންގުއިޝާ ގުދަން ތެރެ -- ފޮޓޯ/އެމްއެންޑީއެފް

އެ ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އަނިޔާވި ބިދޭސީ މީހާ މިހާރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާގެ ފައި ވަނީ ވަރަށް ބޮޑަށް ޗިސް ވެފައެވެ.

ގޭސްފުޅި ގޮވި ސަރަހައްދުގައި މިވަގުތު ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ދަނީ ހަރަކާތްރެރިވަމުންނެވެ.

comment ކޮމެންޓް