އެހެން ގައުމުތަކަށްވެސް މިނިވަންކަން މުހިންމު: އުގެއިލް

ޕްރޮފެސަރު ހަސަން އުގެއިލް ---

ހުރިހާ ގައުމަކަށްވެސް މިނިވަންކަމަކީ މުހިންމުކަމެއްކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް އެހެން ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން ޓްވިޓާ މެދުވެރިކޮށް ކުރެއްވި ޕޯސްޓްއެއްގައެވެ.

އުގެއިލް ވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި ރާއްޖެ ހިމެނޭ ގޮތަށް އެހެން ގައުމުތަކަށްވެސް މިނިވަންކަން މުހިންމުވާނެކަމަށް ޕްރޮފެސަރު އުގެއިލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާގެ ރައްޔިތުންނަށް އެގައުމުގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވަން. މިނިވަންކަމަކީ ރާއްޖެ ހިމެނޭގޮތަށް އެހެން ހުރިހާ ގައުމަކަށްވެސް މުހިންމުކަމެއްކަން މިވަގުތު ހަދާންކުރަންވާނެ،" އުގެއިލް ވިދާޅުވިއެވެ.

އިންޑިއާއިން މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ދަށުން އަތުން 1947 ވަނަ އަހަރު އެގައުމު މިނިވަންކަން އިއުލާންކުރި ދުވަހާއި ދިމާކޮށެވެ. އިނގިރޭސީނ އިންޑިއާއަށް ވެރިވެގަތީ 1858 ވަނަ އަހަރުއެވެ.

comment ކޮމެންޓް