ސޮނީ ހާޑްވެއާއިން ވިޔަފާރި ކުރާ މީހުންގެ ތެރެއިން ހަފްތާއަކު ހަތަރު މީހަކަށް ފައިސާ އަނބުރާ ދޭ ޕްރޮމޯޝަނެއް ސޮނީން ދަނީ ކުރިއަށްގެންދަމުންނެވެ.
ސޮނީ ހާޑްވެއާއިން "ބިލް ހިލޭ"ގެ ނަން ދީފައިވާ ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 30އާ ހަމައަށެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާއިރު ސޮނީ ހާޑްވެއާއިން 300 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް އެއް ބިލްހިލޭ ކޫޕަން ލިބޭނެއެވެ. އެހެންކަމުން ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ ކޫޕަން ލިބުމުގެ ފުރުސަތު އޮންނާނެެއެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަށް ހޮވުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު އޮންނާނެއެވެ. އަދި ގުރުއަތުން ހޮވޭ ހަތަރު މީހުންގެ ކޫޕަން ކޮންމެ ހޮނިހިރު ދުވަހަކު ސޮނީ ހާޑްވެއާގެ ވެބްސައިޓާއި ފޭސްބުކް އަދި އިންސަޓަގްރާމް ޕޭޖުން އިއުލާން ކުރާނެއެވެ. އަދި އެ ހަތަރު މީހުންގެ ބިލަށް އެރި ފައިސާގެ އަދަދު އަނބުރާ ދޭނެއެވެ.
ސޮނީ ހާޑްވެއާއިން ބުނި ގޮތުގައި ބިލްހިލޭ ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީ ހިޔާ ފްލެޓް ލިބިފައިވާ ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ފުރުސަތުތަކެއް ހަމަޖައްސައި ދިނުމެވެ. އެގޮތުން ސޮނީ ހާޑްވެއާއިން ހިޔާ ފްލެޓަށް ބޭނުންވާ ހުރިހާ ސާމާނެއް ވަރަށް ރަނގަޅު އަގުތަކުގައި ލިބެން ހުންނާނެކަން ސޮނީން ފާހަގަ ކުރިއެވެ.