އޮސްޓްރޭލިއާގެ ވެރިރަށް ހަފްތާއަކަށް ލޮކްޑައުން ކުރަން ނިންމައިފި

ކޮވިޑް-19އަށް ޓެސްޓުކުރުން -- ފޮޓޯ/ބީބީސީ

އެއް އަހަރު ތެރޭ ފެނުނު ފުރަތަމަ ކޮވިޑް-19ގެ ކޭސްއާއެކު އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާ އެއް ހަފްތާއަށް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ކަންބުރާ ހަފްތާއަކަށް ލޮކްޑައުން ކުރަން ނިންމާފައިވަނީ މިއަދު ހަވީރުން ފެށިގެނެވެ. ކެންބެރާ ލޮކްޑައުން ކުރަން ނިންމާފައިވަނީ، އެ ސިޓީއަށް ބަލި ދިޔަ ގޮތެއް އަދިވެސް އެއްކޮށް ކަށަވަރު ނުވާތީވެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑްގެ ޑެލްޓާ ސްޓްރެއިން ފެނިގެން އޮސްޓްރޭލިއާގެ އެންމެ އާބާދީ ބޮޣު ސިޓީތަކުގެ ތެރެއިން ސިޑްނީ އަދި މެލްބާންވެސް އޮތީ ލޮކްޑައުން ހާލަތުގައެވެ.

ސިޑްނީގައި އަޅާފައިވާ ލޮކްޑައުން ގަވާއިދުތަކާ އެއްގޮތަށް ރައްޔިތުން އަމަލުކުރުވަން ސިފައިންގެ އެހީވެސް ހޯދާނެ ކަމަށް ސިޑްނީ ނިސްބަތްވާ ސްޓޭޓް ނިއު ސައުތް ވޭލްސްގެ ސަރަހައްދީ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސިޑްނީ ލޮކްޑައުންކޮށްފައި އޮންނަތާ އެތައް ހަފްތާއެއް ވޭތުވެއްޖެއެވެ. އަދި އެ ސިޓީއިން ފެންނަ ކޮވިޑް ކޭސްތައް އަދިވެސް މަދެއް ނުވެއެވެ.

comment ކޮމެންޓް