ކަރަންގެ އާ ފިލްމަށް ލަވަކިޔުމުގެ ފުރުސަތު އަރުނީތާއަށް

އިންޑިއަން އައިޑަލް ސީޒަން 12 ގެ ގަދަ ހައެއްގައި ހިމެނޭ ތަރި އަރުނިތާ ކަންޖީލާލްއަށް ކަރަން ޖޯހަރްގެ އާ ފިލްމަށް ލަވައެއް ކިޔުމުގެ ފުރުސަތު ލިބިއްޖެއެވެ.

އޭނާއަށް މި ފުރުސަތު ލިބުނީ ހޮނިހިރު ދުވަހުގެ ރޭ ދެއްކި އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ކަރަން ބައިވެރިވުމަށްފަހުއެވެ.

އެ އެޕިސޯޑުގައި ކަރަން ވަނީ އަރުނިތާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އޭނާ ބުނީ އަރުނީތާ އަޑަކީ އަހާލަން ފަސޭހަ ހިތްގައިމު އަޑެއް ކަމަށާއި އުނގަގޫ ބޮޑެތި ލަވަތައް ވެސް ފަސޭހަ ކަމާއެކު އޭނާ ކިޔާލާ ކަމަށެވެ.

ކަރަން ބުނީ އަރުނީތާގެ އަޑުން ލަވައެއް މި އަހަރުތެރޭގައި ރެކޯޑު ކުރާނެކަމަށެވެ.

ފޯރިގަދަކޮށް ދިޔަ އެ އެޕިސޯޑުގެ ގަދަ ހަޔަކަށް ކަރަން ވަނީ އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަން އަށް މަރުހަބާ ކިޔާފައެވެ.

އެ އެޕިސޯޑުގައި ކިޔާފައިވަނީ ކަރަންގެ ފިލްމުތަކުގެ ލަވަތަކެވެ. "އިންޑިއަން އައިޑޮލް 12" ގެ ފިނާލޭ މި މަހުގެ 15 ވަނަ ދުވަހު އޮންނާނެ އެވެ.

comment ކޮމެންޓް