އަގުހުރި އިނާމުތަކާއެކު ވެލިގާ ހާޑްވެއާއިން ފެންޓަސީ ޕްރިމިއާ ލީގު ފަށަން ތައްޔާރުވެއްޖެއެވެ.
"ވެލިގާ އެފްޕީއެލް 2021/22"ގެ ނަމުގައި ކުރިއަށްގެންދާ މި ލީގަކީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ލީގެކެވެ.
އެފްޕީއެލް އެޕްލިކޭޝަން މެދުވެރިކޮށް ވެލިގާ އެފްޕީއެލް ލީގުގެ ކޯޑު ކަމަށްވާ 4urvnt ޖެހުމުން އެ ލީގުގައި ބައިވެރިވެވޭނެއެވެ. ބައިވެރިވުމުގެ ފުރުސަތު 31 ޑިސެމްބަރާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ވެލިގާ އެފްޕީއެލްގެ ބޮޑު އިނާމުތައް
- އެއްވަނަ އިނާމު: 30،000ރ
- ދެވަނަ އިނާމު: 20،000ރ
- ތިންވަނަ އިނާމު: ސޮނީ ޕްލޭސްޓޭޝަން 5
ހަމައެއާއެކު އިތުރު 10 ފަރާތަކަށް އޮރިޖިނަލް ޖާޒީއަކާއި 2،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.
މީގެ އިތުރުން "މެނޭޖާ އޮފް ދަ މަންތު" ނުވަތަ ކޮންމެ މަހަކުވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ފަރާތަށް އޮރިޖިނަލް ޖޯޒީއަކާއި ބްރޭންޑް ގިފްޓް ހެމްޕާއެއް ލިބޭނެއެވެ.
ވެލިގާ އެފްޕީއެލްގައި މެނޭޖާ އޮފް ދަ މަންތު އަދި އެހެން ވަނަތަކަށް ހޮވޭ ފަރާތްތައް އިއުލާނުކުރާނީ ވެލިގާ ހާޑްވެއާގެ އޮފިޝަލް ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް އެކައުންޓްތަކުންނެވެ.