މެކްސްކޮމް ސްކޫލް ޕްރޮމޯ: ލެޕްޓޮޕްގެ އަގުތައް ވަރަށް ހެޔޮ!

މެކްސްކޮމް ފިހާރައެއް ----

މެކްސްކޮމްއިން ކުރިޔަށް ގެންދާ ހާއްސަ ސްކޫލް ޕްރޯމަޝަނުގެ ތެރެއިން އެ ފިހާރައިން ވަރަށް ހެޔޮ އަގުތަކެއްގައި ލެޕްޓޮޕް ލިބޭ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަން ފަށައިފިއެވެ.

އެ ފިހާރައިން ބުނީ މި އޮފާއަކީ ވަރަށް ރަނގަޅު އޮފާއެއްކަމަށެވެ. އެގޮތުން 1 ޓީބީ ގެ ހާޑް ޑިސްކެއްގެ ބަދަލުގައި 256 ޖީބީގެ އެސްއެސްޑީއަކަށް ބަދަލުކޮށްލަން ބޭނުންނަމަ އެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ބުންޏެވެ. ހަމައެއާއެކު އެއް އަހަރުގެ ވޮރެންޓީ ވެސް ލިބިގެންދާނެކަމަަށް ބުންޏެވެ.

މެކްސްކޮމްގެ ޕްރޮމޯޝަންގައި ލެނޯވޯ އައިޑިޔާޕެޑް 3 އެންމެ 7،900ރ. އަށް ލިބެން ހުންނާނެއެވެ.

މެކްސްކޮމް އިން މި ޕްރޮމޯޝަނުގައި ވިއްކާ ލެޕްޓޮޕަކީ ކޮލިޓީ ރަނގަޅު އެންމެ ފަހުގެ ލެޕްޓޮޕެވެ. އެގޮތުން މި ލެޕްޓޮޕަކީ ހަތަރު ޖީބީ ރޭމް، 1 ޓީބީ ހާޑް ޑިސްކެއްގެ އިތުރުން އިންޓެލް ޕްރޮސެސާއެއް އެކުލެވޭ މޮޅު ލެޕްޓޮޕެކެވެ.

މީގެ އިތުރުން އެ ފިހާރައިން ލެޕްޓޮޕް ގަތުމުން ، މައުސްއަކާއި ޕެންޑްރައިވެއްވެސް ހިލޭ ލިބިގެންދާނެކަމަށް މެކްސްކޮމްއިން ބުންޏެވެ.

comment ކޮމެންޓް