މާލެ ދެކުނު ސަރަހައްދުގައި ދެ ހިދުމަތެއް ދޭނެ ބައެއް ހޯދަނީ

މާލޭ ދެކުނު ފަރާތު ސަރަހައްދު: އެ ސަރަހައްދު ފަޅު ހިއްކައިގެން ވޭސްޓް ޔާޑެއް ހަދަން ވަނީ ނިންމާފައި-- ފޮޓޯ: ގޫގުލް މެޕްސް

މާލެ ދެކުނު ސަރަހައްދުގައި ދެ ހިދުމަތެއް ދޭނެ ބައެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

އެ ކައުންސިލުން ބުނީ، މާލޭ ދެކުނު ފަރާތުގައި މަސްކަނޑާނެ ތަނެއް ހެދުމާއި ފެނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އަމިއްލަ ތަކެތީގައި މި ދެ މަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތެއް ހޯދުމަށް އެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައި ވެއެވެ.

މިކަމުގެ މައުލޫމާތު ސާފުކުރުން އޮންނާނީ 2021 އޯގަސްޓް 29 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މާލެ ސިޓީ ކައުންސިލުގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަން/ އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސާވިސް ބިލްޑިންގެ ހަތަރުވަނަ ފަންގިފިލާގައެވެ.

އަދި މިކަމަށް އެދި އަގު ހުށަހެޅުން އޮންނާނީ ހަމަ އެ އިމާރާތުގައި، 2021 ސެޕްޓެމްބަރ ނުވައެއް ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް އެ ކައުންސިލުން ބުނެ އެވެ.

އެހެންކަމުން، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހެޅުމަށް އެ ދުވަސްތަކުގައި ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމަށް އެ ކައުންސިލުން އެދެ އެވެ.

comment ކޮމެންޓް