ބީއެމްއެލްގެ އެހީއާއެކު ބޮޑުފޮޅުދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމުކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ބޮޑުފޮޅުދޫގައި ތަރައްގީކުރި މަސްކަނޑާ ތަން--

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ތަރައްގީކޮށްފިއެވެ. މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަންއިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ.

އެތަން ފަރުމާކޮށްފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑު ވެސް ބޭނުންކުރެވޭ ގޮތަށް އަލިކޮށް، އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭ ގޮތަށެވެ.

ސާފު ރީތިފެން ލިބޭ ގޮތަށް ތަރައްގީކުރި އެތަނުގައި މަސްކަނޑާނެ ޖާގައާއި ތަކެތި ރައްކާ ކުރުވޭނެ ގުދަނެއްވެސް ހިމެނެ އެވެ. މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށް ވެސް މަސްކެނޑުމަށް ފަސޭހަވާ ގޮތަށް ތަރައްގީ ކުރި ތަނެކެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މަސްވެރިން ގިނަ ބޮޑުފޮޅުދޫގައި މިހާރު މަސް ކެނޑުމަށާއި ސާފުކުރުމަށް މީހުން އެއްވަނީ ބަނދަރަށް ކަމަށާއި ކުނި އުކަނީ އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަށް ކަމަށެވެ.

"މިހާރު ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް މި ސަރަހައްދު ބޭނުންކުރެވޭނެ. މިއީ މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ޖަމިއްޔާއިން ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޖެކްޓެއް،" ނަސީމް ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބްގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.

comment ކޮމެންޓް