ޔޫއޭއީ ދަތުރުފުޅަށްފަހު ރައީސް ސޯލިހް އެނބުރި ރާއްޖެ ވަޑައިގެންފި

ރައީސް ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު -- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ސޯލިހް ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ފުރާވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭގެ ކުރިން އީދު ބަންދަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ވަނީ ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ.

މިދިޔަ ޖެނުއަރީ މަސް ތެރޭވެސް ރައީސް ސޯލިހު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފައެވެ.

comment ކޮމެންޓް