ޖުމްހޫރީ މައިދާނުން ސިފައިންނަށް ފެނުނީ ބޮކިފަތީގެ ރިމޯޓެއް

ސިފައިން ހަތިޔާރާއެކު މާލޭގައި ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގޮވާޒާތުގެ އެއްޗެއް ޖުމްހޫރީ މައިދާނުގައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ސިފައިން ގޮސް ޗެކްކުރިއިރު، ފެނުނީ ނިވިދިއްލާ ބޮކިފަތީގެ ރިމޯޓް ސްވިޗެއްކަން "ސަން" އަށް އެނގިއްޖެއެވެ.

އެ ރިމޯޓް ފެނުމާއެކު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ސިފައިން އެޅިއެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިން ވަނީ ފެނުނު ރިމޮޓުން ނުރައްކަލެއް ނެތުމުން އެ ސަރަހައްދު އަނެއްކާވެސް އާންމު ހާލަތަކަށް ގެނެސްފައެވެ.

އެެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވި މަންޒަރު ބައެއް މީހުންނަށްވެސް ވަނީ ފެނިފައެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އެ ސަރަހައްދު ބަންދުކޮށްގެން ސިފައިން ހަރަކާތްތެރިވީ މިރޭ 22:40 ހާއިރުއެވެ.

ސިފައިން ބަންދުކޮށްފައިވަނީ ޖުމްހޫރީ މައިދާނާއި އޯކިޑް މަގު އަދި އިސްލާމީ މަރުކަޒު ގުޅޭ ޖަންކްޝަން ކައިރިއެވެ. އެ ސަރަހައްދަށް "ސަން" ގެ ނޫސްވެރިން ދިޔައިރު ސިފައިން ވަނީ އެ ސަރަހައްދު އަލުން ހުޅުވާލާފައެވެ. އެތަނުން އާދަޔާ ހިލާފް އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ފަރާތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް